މޫދަށް އެރި އުޅެނިކޮށް އިއްޔެ ނިޔާވި ހދ ނޮޅިވަރަންފަރު، ވީރެސް އަހުމަދު ޝިފާނު (5އ) އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިހާރު އެއަތޮޅަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ނޮޅިވަރަންފަރަށް ވަޑައިގެން، ނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިހްލާސްތެރި ތައުޒިޔާ ދަންނަވާފައެވެ.
Vice President @FaisalNasym has visited the family of little boy from HDh. Nolhivaranfaru, who tragically passed away following a drowning incident yesterday.
He conveyed sincere condolences on behalf of President @ibusolih and on his own behalf.
انا لله ونا اليه راجعون
— Presidency Maldives (@presidencymv) December 21, 2018
ޝިފާނު ނިޔާވެފައިވަނީ ހއ ދިއްދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް އޭނާގެ އާއިލާގެ ބަޔަކާއެކު ދަތުރުގޮސް އުޅުމުގެ ތެރޭގައި ގެންބިގެންނެވެ.