twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނައިބު ރައީސް، ކައުންސިލަށް ދެއްވި ވަގުތު މަދުވުމުން ކައުންސިލަރު ސަމާ ހިތްހަމަނުޖެހިއްޖެ

Dec 21, 2018

ނައިބު ރައީސް ފައިސަލް ނަސީމް ހދ އަތޮޅަށް ކުރައްވުމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގެން ވަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.

މިދަތުރުފުޅުގައި ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރެއްވުމަށް ނައިބު ރައީސް ފައިސަލް ދެއްވީ ތިރީސް މިނިޓެވެ. މިކަމާ ހިތްހަމަނުޖެހިގެން ކައުންސިލުގައި އިންނަވާ ހަމައެކަނި އަންހެން މެމްބަރު ސަމާ އަލީ ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. އޭނާ ވަނީ މީސްމީޑިއާގައި އިއްޔެ ހަތަރު ޕޯސްޓެއް ދޫކޮށްލާފަ އެވެ.

ކައުންސިލާ ބައްދަލުކުރެއްވުމަށް ތިރީސް މިނެޓް ނައިބު ރައީސް ދެއްވުމުން އެކަމާ ހިތްހަމަނުޖެހިގެން ކައުންސިލަރު ސަމާ ވިދާޅުވީ ކައުންސިލާ ބައްދަލުކުރުމަށް އެންމެ ތިރީސް މިނެޓް މަދުކަމަށާއި މިއީ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ނައިބު ރައީސް އިއްޔެ ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން ހެނދުނު ފުރާވަޑައިގަތުމުން އެކަމަށް ފާޑުވިދާޅުވެ ސަމާ ލިޔުއްވި އެހެން ޕޯސްޓެއްގައި ވަނީ އިރުއޮއްސުމުން ރަށަށް ވަޑައިގެންފައި ފަތިހު ފުރާވަޑައިގަންނަވާގޮތަށް ކުޅުދުއްފުއްޓަށް ވަޑައިނުގަތަސް އެންމެ ހެޔޮކަމަށެވެ.

ހދ އަތޮޅު ކައުންސިލްގެ ޝަކުވާތައް އަޑުއެހުމަށްވެސް ނައިބު ރައީސް ދެއްވީ ތިރީސް މިނެޓެވެ.

ނައިބު ރައީސް ފައިސަލް އިއްޔެ ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވަނީ–

މިއީ އާ ސަރުކާރުގެ އިސް ވަފުދެއް ކުޅުދުއްފުއްޓަށް ވަޑައިގެން ފުރަތަމަ ފަހަރެވެ. މިދަތުރުފުޅުގައި ނޮޅިވަރަން، ހަނިމާދޫ އަދި ނޮޅިވަރަންފަރަށް ވަނީ އެމަނިކުފާނު ވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355