twitterviber whatsapp telegramfacebookyoutube instagram
29th July 2025

ދިރާގު ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި 8 ފަރާތް އުމްރާއަށް ފުރައިފި

Dec 23, 2018

ދިރާގުން މި އަހަރުގެ ރޯދަ މަހު ކުރިއަށްގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި 8 ފަރާތް އުމްރާއަށް ފުރައިފި އެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް މި މިއަހަރު ރޯދަ މަހުވެސް އެކި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވާއިރު ފާހަގަކޮށްލެވުން އެންމެ އަގު ހުރި އަދި އެންމެ ބޮޑު އެއް އިނާމެއް ކަމުގައި ވެގެން ދިޔައީ ދިރާގު ކަސްޓަމަރުންނަށް ހަދިޔާ ކުރި އުމްރާ ދަތުރުތަކެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ކަސްޓަމަރަކަށް 2 ބޭފުޅުންގެ އުމްރާ ދަތުރެއް ހުރިހާ ހަރަދަކާއެކު ދޭ ގޮތަށެވެ.

މިދިޔަ ރޯދަމަހު ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ހޮވުނު ނަސީބުވެރި ކަސްޓަމަރުން މިމަހު 20 ގައި ވަނީ އުމްރާއަށް ފުރާވަޑައިގަންނަވާފައި އެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ބޭއްވި މި ގުރުވަތުލުމުގައި ނަސީބުވެރި ކަސްޓަމަރުން ހޮވާފައިވަނީ ރޯދަމަހަށް ހާއްސަކޮންގެން ޓީ.ވީ.އެމް އިން ހުށައަޅާ “މިވަގުތު” ޕްރޮގްރާމުގައި ލައިވް ކޮށެވެ

ދިރާގަކީ ބަރަކާތްތެރި ރޯދަމަހުގައި ކަސްޓަމަރުން އަގުވަޒަންކުރެވޭނެ ފަދަ ބޮޑެތި ހަދިޔާތައް ކޮންމެ އަހަރަކުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޔެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355