twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަންނަ އަހަރު އަތޮޅުތެރެއަށް ހާއްސަ ވޮލީ މުބާރާތެއް ބާއްވަނީ

Dec 23, 2018

އަންނަ އަަހަރު އަތޮޅު މުބާރާތުގެ ނަމުގައި އަތޮޅުތެރެއަށް ވޮލީބޯޅައިގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން މުބާރާތެއް ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

އަންނަ އަހަރުގެ ވޮލީބޯޅައިގެ ކަލަންޑަރު އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ހާމަކުރިގޮތުގައި އަންނަ އަހަރު މުބާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި މުބާރާތާއެކު ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މުބާރާތް ފެށުމުގެ ކުރިން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އަތޮޅު މުބާރާތަކީ ވޮލީ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވުމުގެ ކުރިންވީ ބޮޑު ވައުދެއް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

އަންނަ އަހަރު އަންހެން އަދި ފިރިހެން ޓީމުތަކަށް ހާއްސަ ކޮށްގެން މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލުމަށްފަހު ކޮންމެ އަތޮޅެއްގައި ކުޅުމަށްފަހު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާ ހަތަރު ޓީމެއް ގައުމީ ވޮލީބޯޅަ ލީގަށް ކޮލިފައިވާ ގޮތަށެވެ.

ލަތީފް ވިދާޅުވީ މި މުބާރާތަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި ގުޅިގެން ބާއްވާ މުބާރާތެއް ކަމަށާއި ކައުންސިލްތަކާއެކު މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355