ހަޔަ އެޑިއުކޭޝަން އަދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަށް ސްޓޭޓް މިނިސްޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
އެގޮތުން ހަޔ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ގ. އަލްފަރު، ހަދީޖާ އާދަމް، އެވެ. އަދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ގ. ޒަމާނީއާކުލަ، މުހައްމަދު ޝާފިއީ، އެވެ.
މީގެ ކުރިން ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އިތުރު ބޭފުޅަކުވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މީގެ ކުރިނދެ ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ.
މި ސަރުކާރުގައި މިހާރު ތިއްބެވި ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދު 43 އަރާއިރު ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ