އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް، އަދި ހައުސިން މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި އެވެ.
އެގޮތުން އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ އަންހެނުން ގޮފީގެ ރައީސްކަން ކުރައްވާ ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދެވެ.
އަދި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު، ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން އެވެ.
ވަލީދާ އާއި ޝާމިން ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވަނީ އިއްޔެއެވެ. މީގެ އިތުރުން އިއްޔެ ވަނީ ހަޔަ އެޑިއުކޭޝަން އަދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަށްވެސް ސްޓޭޓް މިނިސްޓަރުން އައްޔަން ކޮށްފަ އެވެ.