twitterviber whatsapp telegramfacebookyoutube instagram
29th July 2025

8.35 މިނެޓް ތެރޭގައި ރޭސް ނިންމާ އެއްބައިވަންތަކަމުގެ ދުވުން ހުސެއިން ކާމިޔާބުކޮށްފި

Dec 26, 2018

އެއްބައިވަންތަކަމުގެ ދުވުން 8.35 މިނެޓް ތެރޭގައި ނިންމާ، ފަހުރުވެރި އެއްވަނަ ހުސެއިން އަހުމަދު ހޯދައިފި އެވެ.

މިއީ ހުސެއިން މި ދުވުމުން އެއްވަނަ ހޯދި ދެވަނަ އަހަރެވެ. 2016 ވަނަ އަހަރު ބޭއްވި މި ދުވުމުންވެސް ކާމިޔާބުކޮށްފައިވަނީ ހުސެއިން އެވެ. އޭރު ހުސެއިން ދުވުން ނިންމީ 9.56 މިނެޓުންނެވެ.

އެންމެ ފުރަތަމަ ދުވުން ނިންމި 10 އަންހެން ބައިވެރިން–

އަންހެނުންގެ ބައިން އެންމެ ފުރަތަމަ ދުވުން ނިންމީ ރިފާ މުހައްމަދެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ހަވީރު ބޭއްވި މިދުވުމުގައި 3 ކިލޯމީޓަރުގެ ރާސްތާއަކަށް ދުވެފައިވެ އެވެ. މިދުވުމުގައި 171 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ހުރިހާ އުމުރުފުރާއަކަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި މި ދުވުމުގައި އެކި އުމުރުފުރާގެ ދެ ޖިންސްގެ މީހުން ބައިވެރިވެފައިވެ އެވެ. މިދުވުމުގައި އެންމެ ފުރަތަމަ ނިންމި އަންހެން އަދި ފިރިހެން ބައިވެރިންނަށް ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.

އެންމެ ފުރަތަމަ ދުވުން ނިންމި 10 ފިރިހެން ބައިވެރިން–

ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355