twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަނީ

Dec 27, 2018

ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ނުރައްކާތައް ކުޑަކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

އެގޮތުން ދިމާވާ ކާރިސާގެ ކަންކަން ބެލަހައްޓާ އެކި ހާދިސާތަކުގައި ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ކޮންމެ އަތޮޅެއްގައިވެސް ގާއިމްކުރެވޭނެ ކަމަށާއި ސުނާމީއަށްފަހު، ދިވެހިން ކުރަންޖެހުނު އެންމެ މުހިންމު ކަމަކީ، ގުދުރަތީ ކާރިޘާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުއެޅުންކަމަށް ރައީސް ވިދާޅުވި އެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ.ދުވާފަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އެކަންކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ސިސްމޮލޮޖީ ޔުނިޓެއް އުފައްދާފައިވާކަމަށާއި، ދުނިޔޭގެ އެއްވެސް ތަނަކަށް ބިންހެލުމެއް އައިސްފިނަމަ ސުނާމީއެއް އުފެދޭތޯ ބެލުމަށް، 24 ގަޑިއިރު އެ ޔުނިޓްގައި މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ ކޮންމެ ތަނަކަށް ބިންހެލުމެއް އަޔަސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ރާއްޖެއަށް ދެނެގަނެވޭނެފަދައިން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޓައިޑްގޭޖް ޤާއިމުކޮށްފައިވާކަން ރައީސް ވަނީ ފާހަގަކޮށްފަ އެވެ.

އަދި ރާއްޖޭގެ ދެސަރަޙައްދެއްގައި ބިންހެލުން މޮނިޓަރ ކުރާ ވަސީލަތްތައް ޤާއިމުކޮށް، ބައިނަލްއަޤްވާމީ ވިޔުގައާ ގުޅާލާފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

އި މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް، އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސާނެކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ކާރިސާގެ ވަގުތުތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް، ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355