twitterviber whatsapp telegramfacebookyoutube instagram
7th June 2025

މަރާލާފައިވާ އަދި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތަކުގެ ތަފްސީލް އާދިއްތަ ދުވަހު އާންމުކުރަނީ

Dec 27, 2018

މަރާލާފައިވާ އަދި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އުފައްދަވާފައިވާ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު އާންމު ކުރުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މިހާތަނަށް އެ ކޮމިޝަނަށް ގިނަ އަދަދެއްގެ މައްސަލަ ހުށައެޅިފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތަފްސީލް އަންނަ އާދިއްތަ ދުވަހު އާންމު ކުރާނެ ކަމަށެވެ.

Mihaa thanah @DdcomMdv ah gina adhadhegge massala husha-helhifaivey. Miadhakee massala hushahelhumah aanmunnah hulhuvaalaafaivaa muhdhathu hamavaa dhuvas. Hushahelhifaivaa massala thakuge thafseel mianna adheetha dhivahu iulaan kuraane.

— Husnu Al Suood (@hsuood) December 27, 2018

މަރުތަކާއި ގުޅޭ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ވަނީ ތަހުގީގު ކުރަން ބޭނުންވާ މަރުތަކާއި ގުޅޭ މައްސަލަތައް އެކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާފައެވެ.

މައްސަލަ ހުށައެޅުމުގެ މުއްދަތު މިއަދަށް ހަމަވާއިރު ކޮމިޝަނުން ބަލަމުންދާ މައްސަލަތައް 3 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.

މި ކޮމިޝަނަކީ ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގު އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355