ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރަޕީ ހިދުމަތް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމު އިފްތިހާހުކޮށްފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ތެރަޕީގެ ހިދުމަތްތައް އާސަންދަ ސްކީމުގެ ދަށުން ފޯރުކޮށްދިނުމުގެ މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެރަޕީ ހިދުމަތްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެމީހުންގެ އާއިލާތަކުން މާލީގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
މިއަދު ވަނީ އެހިދުމަތް އަަމަލީ ގޮތުން ފެއްޓެވުމުގެ ކުރިން އެސްކީމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވާފަ އެވެ.