twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހުރިހާ ރަށަކުން ތެލަސީމިއާ ކުދިންގެ ބޭސް ލިބޭ ގޮތަށް ހަމަޖައްސައިފި

Dec 27, 2018

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސްތައް ހުރިހާ ރަށަކުން ލިބޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ލެއާ ބެހޭ ގައުމީ ވައްދު އިފްތިހާތު ކުރުމުގެ ގޮތުން ޗަންޕާ ސެންޓަރަލް ހޮޓަލް ގައި ބޭއްވި ރަސްމިއްޔާގައި މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ދާއިމީ ގޮތައެއްގައި ލިބި ދިިނުމަށްޓަކައި ބޭނުންވާ ބޭސްތަށް ހޯދުމަށް އެސްޓިއޯ ގެ ހުރިހާ ބޭސް ފިހާރަތަކުން މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޭ ރައްކާ ކުރެވޭ ނިޒާމެއް އަތޮޅު ތަކުގެ ހޮސްޕިޓަލު ތަކުގައި ގާއިމް ކުރެވިފައިވީ ނަމަވެސް ހުރިހާ އަތޮޅުތަކެއްގެ ހޮސްޕިޓަލުގައި ލޭ ރައްކާ ކުރުމުގެ ނިޒާމު ގާއިމް ކުރެވިފައިނުވާ ކަމަށެވެ. އަމީން ވިދާޅުވީ ލޭ ރައްކާ ކުރުމުގެ ނިޒާމު ގާއިމް ކުރެވެން ނެތް ރަށްރަށުގައި މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިިގެން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން ދާކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖެ އަލަށް އަންނަށް ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ރާއްޖޭޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ކުރާގޮތުގެ މައުލޫމާތު ދޭނެކަމަށެވެ.

ލެޔާ ބެހޭ ރިޔާސީ ވައުދުގެ ދަށުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލޭ އެޅުމަށް ބޭނުންކުރާ ފިލްޓަރުވެސް ވެސް ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާ ތެލެސީމިއާ ކުދިންގެ އަދަދު މަދު ކުރުމަށްޓަކާ ގައުމީ ފެންވަރުގައި ހޭލުންތެރި ކުރުވުމުގެ ޕްރްގްރާމް ފެށުމަށްވެސް ވަނީ ނިންމާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355