twitterviber whatsapp telegramfacebookyoutube instagram
7th June 2025

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޓެލެފޯން ވިއުގަ ވަރުގަދަ ކުރުމަށް ދިރާގާ ހަވާލުކޮށްފި

Dec 29, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޕީއޭބީއެކްސް ނުވަތަ ޓެލެފޯން ވިއުގަ ވަރުގަދަ ކުރުމަށްޓަކައި ހެލްތް މިނިސްޓްރީން ދިރާގާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީން ދިރާގާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ހޮސްޕިޓަލްގައި އެޕޮއިންޓްމަންޓް ސިސްޓަމްގެ ހިދުމަތް ފެށުމަށްޓަކަ އެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ޕީއޭބީއެކްސް ސިސްޓަމް އަޕްގްރޭޑް ކޮށްދިނުމަށް ދިރާގުން އެއްބަސްވެފައި ވަނީ 332،628ރ. އަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އެޕޮއިންޓް ސިސްޓަމް ވަރުގަދަ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ–ފޮޓޯ: ހެލްތު މިނިސްޓްރީ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ފޯންތައް ބީޒީވުމުގެ މައްސަލަ އަކީ ހިދުމަތް ހޯދުމަށް ދާ ގިނަ ބައެއްގެ ޝަކުވާއަަކަށް ވާއިރު ޕީއޭބީއެކްސް އަޕްގްރޭޑަށް ފަހު ކުޅުދުއްފުށި ހޮސްޕިޓަލްގެ ފޯނުތައް ބިޒީ ނުވާނެ ކަމަށާއި ނެޓްވޯކް ވެސް ވަރުގަދަ ވާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށެއްގެ ހޮސްޕިޓަލްގައި ޕީއޭބީއެކްސް ސިސްޓަމްގެ މިފަދަ އަޕްގްރޭޑެއް ގެންނަ ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓަރު އަމީން ވަނީ މިދިޔަ ހަފުތާ ބަންދުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ހޮސްޕިޓަލްގެ ހާލަތު އޮޅުން ފިލުއްވައިފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355