twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނާ އެއްގޮތަށް ސާވިސް ޗާޖު ދޭތޯ މިނިސްޓްރީން ކަށަވަރުކުރާނެ: ރައީސް

Dec 30, 2018

ފަހަކަށް އައިސް ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުލިބޭކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެކަން ހައްލުކުރުމަށްޓަކާ ގާނޫނާ އެއްގޮތަށް ސާވިސް ޗާޖު ދޭކަން ކަށަވަރުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ ފުރިހަމަކުރަމުންގެންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބައެއް ރިސޯޓްތަކުން ސާވިސް ޗާޖާއި ރިސޯޓްތަކުން ވަޒީފާނުލިބޭކަމުގެ ޝަކުވާ ލިބުމުންދާ ކަމަށެވެ.

އެޝަކުވާތަކަށް ނިމުމުން ގެނައުމަށްޓަކާ ގާނޫނޫގައި ބުނާ ގޮތަށް ސާވިސް ޗާޖު ދޭކަން ކަށަވަރުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކުރަމުންގެންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވަޒީފާތަކުގައި ދިވެހިން ގެންގުޅެން ޖެހޭ މިންގަނޑުތައް މުރާޖައާކޮށް ތަންފީޒުކުރުން ހަރުދަނާ ކުރެވޭނެ ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ ދިވެހިން ގެންގުޅެން ޖެހޭ ނިސްބަތަށް ވުރެ އިތުރަށް ދިވެހިން ގެންގުޅޭ ނަމަ އެ ރިސޯޓަކަށް ނުވަތަ ގެސްޓްހައުސްއަކަށް ޓެކްސް އިންސެޓިވްއެއް ދިނުން ކަމަށެވެ.

އަދި އެއީ ރިސޯޓު ވަޒީފާ ކަށަވަރުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ އަތޮޅެއްގައި ފިޔަވާ ހުރިހާ އަތޮޅެއްގައިވެސް ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ ކަމަށާއި، ށ. އަތޮޅުގައިވެސް ވަރަށް އަވަހަށް އެ ވިޔަފާރި ފެށިގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށެވެ. މުޅި ރާއްޖޭގައި 88 ރަށެއްގައި 518 ގެސްޓް ހައުސް އެބަހުރި ކަމަށާާއި އެއީ 8449 ޓުއަރިސްޓް އެނދުކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355