twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެސްއެމްއީ ބޭންކުގައި ކުޅުދުއްފުށީގެ ހިއްސާ ހިމަނައިދިނުމަށް އާތިފް އެދިއްޖެ

Dec 30, 2018

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އުފައްދާ އެސްއެމްއީ ބޭންކުގައި ކުޅުދުއްފުށީގެ ހިއްސާ ހިމަނައިދިނުމަށް ކައުންސިލަރު އާތިފް އެދިއްޖެ އެވެ.

ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލަރު އެކަމަށް އެދިލައްވާފައިމިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އުފައްދާ އެސްއެމްއީ ބޭންކުގައި ރާއްޖޭގެ ތިން ސިޓީގެ ހިއްސާ އޮންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާންކުރައްވާފައިވަނިކޮށްނެވެ. އެއީ މާލެ، އައްޑޫ އަދި ފޯއްމުލަކު ސިޓީ އެވެ.

ކައުންސިލަރު އާތިފް މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ތިން ސިޓީގެ ހިއްސާ ހިމެނޭގޮތަށް އެސްއެމްއީ ބޭންކު އުފައްދަވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާއިރު ކުޅުދުއްފުއްޓަކީވެސް ސިޓީއެއްގެ ޝަރުތު ހަމަވެފައިވާ ރަށެއް ކަމަށެވެ. އަދި މިހާތަނަށް ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ދެވިފައިނުވަނީ ގާނޫނީގޮތުން ހުރި ބައެއް ކަންކަން ހައްލުކުރުމަށްޓަކާ ކަމަށެވެ.

އާތިފް ވިދާޅުވީ އެކަންކަމަކީ ސަރުކާރުން ކުރަން ޖެހިފައިވާ ކަންކަމަށްވާތީ އެސްއެމްއީ ބޭންކުގައި ކުޅުދުއްފުށީގެ ހިއްސާވެސް އޮންނަ ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ އެކަންބޮޑުވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ހިއްސާކޮށްފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަދޭ ހިސާބުން ފެށިގެން އެ ބޭންކުގެ ހިއްސާ ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާކަމަށްވެސް އާތިފް ވިދާޅުވެފައިވެ އެވެ.

ގެސްޓް ހައުސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންމެ ވިޔަފާރިއެއްގެ މައިބަދައަކީ މާލީ ތަނަވަސްކަމަށާއި އެކަން ފަހި ކޮށްދިނުމަށްޓަކާ ސަރުކާރުން ވިސްނާފަ އޮތީ އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަން ކަމަށާއި ކުންފުނީ ފުރަތަމަ ގާއިމުކުރެވޭނީ ޑިޕޮސިޓް ނަގާ ފައިނޭޝިއަލް އިންސްޓިއުޓެއްގެ ގޮތުގައިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355