twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިވެހި ބޭސްވެރިކަން ހިމާޔާތްކޮށް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޒިންމާއެއް: ރައީސް

Dec 30, 2018

ދިވެހި ބޭސްވެރިކަމަކީ ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި އެތަރިކަ ހިމާޔާތްކޮށް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޒިންމާއެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނިގެން ކުރިޔަށްގެންދާ “ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާ” އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޤައުމުގެ ކޮންމެ ފަރުދަކުމެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ޤައުމުގެ ތަރައްޤީއަށްޓަކާ ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި  އެމީހެއްގެ ޒާތަށް އަންނަ ތަރައްޤީކަމަށެވެ.

އަދި، އެ ތަރައްޤީ ހާސިލުކުރެވެނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީވެ ކުރިއަރައިގެންކަމަށާއި ސިއްހީ ދުޅަހެޔޮކަން ހާސިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ހާސިލެއް ނުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެކަނި އުމުރާނީ ތަރައްޤީއަށް ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ތަރައްޤީއަށްކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި އެ ތަރިކަ ހިމާޔަތްކޮށް، އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މި ޖީލުގެ ޒިންމާއެއްކަމަށެވެ. އަދި އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވާހަކަފުޅުގައި ދިވެހި ބޭސްވެރިކަމަކީ ވެސް ރާއްޖޭގެ ވަށައިޖެހިފައިވާ ސިއްހީ ނިޒާމުގެ އެއް ގުނަންކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކާ، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމުކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

“ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ސިއްހީ ނިޒާމުވަނީ ބަދަލުވެފައި. އެއީ ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށް ވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލަޓަނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢު ކީ ހަމަ އެންމެ ޤައުމެއް ވެސް ނެތް. އޭގެ ބަދަލުގައި ކޮންމެ ޤައުމެއް ވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355