twitterviber whatsapp telegramfacebookyoutube instagram
29th July 2025

ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރަނީ

Dec 30, 2018

ސަރުކާރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރަން ނިންމާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރަން ނިންމާފައިވަނީ ހދ އަތޮޅުގައި އާއި ގދ އަދި އައްޑޫ ސިޓީގައި ކަމަށެވެ. އެކަމުގެ ސަބަބުން އެސަރަހައްދުގައި ތިބެގެން މަރުކަޒުތަކުން ފަރުވާ ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމާއި އެފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުމަކީ މިނިސްޓްރީއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެންމެ އިސްކަންދީގެން ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން މިހާރު 20 ފަރާތަކުން ވަނީ ވަޒިފާގެ ފުރުސަތަށް އެދިފައި ކަމަށާއި އޭގެތެރެއިން ހަ ފަރާތަކަށް ވަޒީިފާ ހޯދައިދިނުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން، މިހާރު އެއް ފަރާތަކަށް ވަޒީފާ ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355