twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކޮމިޝަނުން މިހާތަނަށް ބަލަން ނިންމީ 24 މައްސަލައެއް

Dec 30, 2018

މިހާތަނަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަން ނިންމާފައިވާ މައްސަލަތަކުގެ ތަފްސީލް އެ ކޮމިޝަނުންދީފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުން އެކޮމިޝަނުން ބުނީ މިހާތަނަށް އެކޮމިޝަނުން ބަލަން ނިންމާފައިވަނީ 24 މައްސަލައެއްކަމަށާއި މީގެ އިތުރުން ވެސް އާންމުންގެ ފަރާތުން ހުށަހަޅާ މައްސަލަތަކަށް ބެލުމަށް ފަހު، އިތުރު މައްސަލަތައް ބަލަން ނިންމުން އެކަށީގެންވާ ކަމަށެވެ.

ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މައްސަލަތައް ބެލުމަށް ޕްރޮފެޝަރު އުގެއިލްގެ އެހީތެރިކަންވެސް ކޮމިޝަނަށް ލިބިގެންދާނެ ކަމަށާއި އަދި ތަހުގީގަށް ބޭރުގެ އެހީ ހޯދާ، އެގޮތުން އެފްބީއައިގެ ކޮންސަލްޓެންޓެއްގެ އެހީ ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަރުވި މީހެއްގެ މައްސަލަ ވެސް ހިމެނެ އެވެ. މީގެ އިތުރުން ޖަލުގައި މަރުވެފައިވާ ބައެއް މީހުންނާއި މާރާމާރީތަކުގައި މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ވެސް ހިމެނެ އެވެ.

މައްސަލަތަކުގެ ތަހުގީގު އަންނަ އަހަރުގެ އޭޕްރިލް މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355