twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިއްދޫއަށް ދިމާވެފައިވާ ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ދެ މިނިސްޓްރީއަކާ ބައްދަލުކޮށްފި

Dec 31, 2018

ހއ ދިއްދޫ ކައުންސިލުން ހައުސިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާއި ބައްދަލުކޮށްފި އެވެ. މި ބައްދަލުކުރެއްވުމުގައި އެރަށަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ހައުސިން މިނިސްޓަރު އާތިފާ ޝުކޫރާއި މިދިޔަ އާދިއްތަ ދުވަހު ބައްދަލުކޮށް އެންމެ ފަހުން އެރަށުން ދޫކުރި ހައުސިން ޔުނިޓްތަކުގެ މަރާމަތާއި ބެހޭގޮތުން މަޝްކޮށްފައިވާނެ ކަމަށެވެ.

ދިއްދޫއިން އެންމެ ފަހުން ދޫކުރި ރޯ ހައުސްތަކުގައި މަރާމާތު ކުރަން ހުރިކަންކަން މަރާމާތްކޮށްފައިވަނީ ރޯ ހައުސްތައް ލިބުނު ފަރާތްތަކުގެ އަމިއްލަ ޖީބުން ކަމަށާއި މަރާމާތްތަކުގެ ތަފުސީލް މިނިސްޓްރީއާ ހިއްސާ ކުރުމުން ފައިސާ ލިބޭނެކަމަށް ކުރީގެ ސަރުކާރުން ބުނެފައިވާތީ އެކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ހާޝިމް ވިދާޅުވި އެވެ. މަރާމާތުތަކުގެ ތަފުސީލް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށާއި ވަރަށް އަވަހަށް އެ ފައިސާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާކަމަށް ހާޝިމް ވިދާޅުވި އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީއާވެސް ބައްދަލުކޮށްފައިވާނެ ކަމަށާއި، އެ މިނިސްޓްރީއާއެކު މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ކައުންސިލްގެ އޮނިގަނޑުގެ ތެރޭގައި ހުސްވެފައިވާ 4 ވަޒީފާއަށް މީހުން ހޮވުމުގެ ހުއްދަ ހޯދުމާއި، ވޯޓާ ޕާކަށް 2 މުވައްޒަފުން ނެގުމުގެ އިތުރުން ރަށުތެރެ ކުނިކެހުމަށް ނުކުންނަ ފަރާތްތަކުގެ މުސާރައަށްވާ ފައިސާ އިތުރުކޮށްދިނުމަށް އެދި ހުށައެޅިކަމަށް ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ކައުންސިލުގެ އޮނިގަނޑުގެ ތެރޭގައި މި ވަޒީފާތައް ހުސްވެފައި އޮންނަތާ ގާތްގަނޑަކަށް 6 އަހަރުވެދާނެ ކަމަށާއި ވަޒީފާއަށް މީހުން ހޮވުމަށް ހުއްދި ނުދީ އޮތް ސަބަބެއް އެގެންނެތް ކަމަށެވެ. މީގެ އިތުރުން ރަށުތެރެ ކުނިކަހަން ނުކުންނަށް މީހުންގެ މުސާރައިގެ ގޮތުގައި ލިބޭ 20 ހާސް ރުފިޔާ އިތުރުކޮށްދިނުމަށް އެދުނީ އެ އަދަދަކީ 2010 ވަނަ އަހަރުން ފެށިގެން މުސާރައިގެ ގޮތުގައި ދޭ ވަރުކަމަށާއި އޭގެ ފަހުން ރަށުން 31 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އެ ސަރަހައްދުވެސް ސާފުކުރަމުން ދަނީ އެއްބައެއް ކަމަށެވެ. މި ދެ ކަންތަކުގެ އިތުރުން ދެން ވާހަކަ ދެކެވިފައިވަނީ ސްވިމިން އެސޯސިއޭޝަނުން ދިއްދޫގައި ހަދާފައިވާ ވޯޓާ ޕާކަށް 2 ލައިފް ގާޑު ހޯދުމަށެވެ. އެތަނުގައި މަސައްކަތްކުރާނެ ބަޔަކު ނެތުމުގެ ސަބަބުން އެތަން ބެލެހެއްޓުން ކައުންސިލަށް ދަތިވެފައިވާކަން ހާޝިމް ފާހަގަކުރެއްވި އެވެ.

ކުރީގެ ކައުންސިލްތަކުންވެސް މި ކަންކަމަށް އެދި މިނިސްޓްރީތަަކަށް އެކިފަހަރު ސިޓީ ފޮނުވާފައިވާކަމަށާއި އެހެންނަމަވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަން ފާހަގަ ކުރައްވާ ހާޝިމް ވިދާޅުވި މި ފަހަރުގެ ބައްދަލުވުމުގައި ދެ މިނިސްޓްރީންވެސް ދެއްވާފައިވަނީ ވަރަށް އުންމީދީ ޖަވާބެއް ކަމަށާއި މިއީ ވަރަށް ކާމިޔާބު ދަތުރެއްކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355