twitterviber whatsapp telegramfacebookyoutube instagram
23rd April 2024

5 އަހަރު ތެރޭ ހުރިހާ އަތޮޅެއްގައި ފަޔަ ސްޓޭޝަން ގާއިމް ކުރާނީ

Dec 31, 2018

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަޔަ ސްޓޭޝަންތައް ގާއިމްކޮށް އަލިފާން ނިއްވުމުގެ ހިދުމަތް ހުރިހާ ރަށެއްގައި ދެވޭނެ އިންތިޒާމް ފަސް އަހަރު ތެރޭގައި ގާއިމް ކުރަން ޕްލޭންކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކޯސްޓްގާޑް ބިލްޑިންގް ގައި ބޭއްވި ބައްދަލުވުމެއްގައި ފަޔަ އެންޑް ރެސްކިއުގެ ކޮމާންޑަރ ކާނަލް އަބުދުﷲ ޒުހުރީ ވިދާޅުވީ ފަޔަ ރެސްކިއު ސާވިސްގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އަތޮޅުތަކަށް ހިދުމަތް ފުޅާ ކުރުމަކީ އެޕުލޭންގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ޒުހުރީ ހާމަކުރި ގޮތުގައި ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ 13 ވެހިކަލު މިހާރުވަނީ އަތޮޅުތެރެއަށް ގެންދިޔމަށް ތައްޔާރު ކުރެވިފައި ކަމުގައެވެ.

އެގޮތުން ބައެއް ބޮޑެތި ރަށްތަކަށް ދެ ވެހިކަލް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވެހިކަލް ފޮނުވާނީ އައްޑުއަށާއިލ. އަތޮޅަށާއި ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށްޓަށެވެ. އަތޮޅުތަކަށް ފޮނުވާނީ 4000 ލީޓަރުގެ ވެހިކަލްތަކާއި 3500 ލީޓަރުގެ ވެހިކަލްތަކެވެ.

ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އަންނަނީ އަހަރުން އަހަރަށް މަދުވަމުން ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތަށް މަދުވަމުން އަންނަނީ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މީހުން ހޭލުންތެރި ކުރުވަން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ގަބޫލުުކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355