twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅާ ގުޅުން ހުރި ފަތުރުވެރިކަމުގެ މުހިންމު ތިން ކަމެއް ކުޅުދުއްފުށީ ކައުންސިލުން ހުށަހަޅައިފި

Dec 31, 2018

ހދ އަތޮޅާ ގުޅުން ހުރި ފަތުރުވެރިކަމުގެ މުހިންމު ތިން ކަމެއް ކުޅުދުއްފުށީ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ނިމިގެން މިދިޔަ ގެސްޓްހައުސް ސިމްޕޯޒިއަމްގައި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ބައިވެރިވެ، ކައުންސިލަރު ސަމާ އަލީ ވަނީ ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށް ތަރައްގީކޮށްދެއްވުމަށް އެދި މުހިންމު ކަންތައްތަކެއް ކޮށްދެއްވުމަށް އެދިލައްވާފަ އެވެ.

އެގޮތުން ހދ އަތޮޅުގައި ފަތުރުވެރިކަންފުޅާކޮށް އިތުރު ރިސޯޓްތައް ވީހާވެސް އަވަހަކަށް އޮޕަރޭޝަނަށް ގެނައުމާއި ހަނިމާދޫއަށް ދަތުރުކުރާ ފުލައިޓްތަކުގެ ޓިކެޓް އަގުހެޔޮކޮށްދިނުމުގެ އިތުރުން ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ފަށާދިނުމެވެ.

ކައުންސިލަރު ސަމާ–

 

އެއާޕޯޓާއެކު ގެސްޓްހައުސްގެ ވިޔަފާރި ކުޅުދުއްފުށީގައި އުފެދިގެން ދިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ވާހަކަދައްކަވަމުން ސަމާ ވިދާޅުވީ އެކަމުގެ ސަބަބުން ރަށުގެ ވިޔަފާރިތައް އިތުރަށް ފުޅާވެ ކުރިއަރާ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.

ހދ އަތޮޅުގައި ރިސޯޓެއް ހުޅުވިފައިވީނަމަވެސް އެންމެ ރަނގަޅަށް އެކަން ކުރެވެމުންނުދާތީ އަތޮޅުގެ ގިނަ ޒުވާނުންތަކެއް އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަމުންދާކަން ސަމާ ވަނީ މި ސިމްޕޯޒިއަމްގައި ވިދާޅުވެފަ އެވެ. އަތޮޅުގެ ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް ސަމާ ވަނީ އެދިލައްވާފަ އެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރާއިރު އަތޮޅުގެ ގިނަ ރަށްރަށުގައި ކުޅި، ކަނޑޫފާ ފަދަ ގުދުރަތީ ރީތި ސަރަހައްދުތައް ހުރިކަމަށާއި އެއީވެސް ފަތުރުވެރިކަން ހދ ގައި ތަރައްގީކުރަން ބަލާއިރު ރަނގަޅުކަމެއްކަމަށް ސަމާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސަމާ ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ހަދައިދީފައިވާ އާޓިފިޝިއަލް ބީޗެއް ނަމަވެސް ރައްޔިތުން މޫދަށް އެރެލާނެ ސަރަހައްދެއް ނެތް ކަމަށާއި އެސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުމަށެވެ.

ސަމާ ވިދާޅުވީ މި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދުގެ އަރިހުން އެދެވޭ ޖަވާބުތަކެއް ލިބިގެންދިޔަ ކަމަށާއި އުންމީދުކުރައްވަނީ ވީހާވެސް އަވަހަށް މިކަމުގައި ހައްލެއް ލިބިގެންދިޔުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355