twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީގެ ފިހާރައެއް ފަޅާލައި އެތަނުގައި ހުރި ފަންޑުފޮއްޓެއް ވަގަން ނަގައިފި

Dec 31, 2018

ކުޅުދުއްފުށީގެ ފިހާރައެއް ފަޅާލައި އެތަނުގައި ބަހައްޓާފައިހުރި ފަންޑުފޮށި ވަގަށް ގެންގޮސްފި އެވެ. ފަޅާލައިފައިވަނީ “ފެޝަންވޭ” ނަމަކަށް ކިޔާ ފިހާރައެކެވެ.

އެ ފިހާރައިގައި ބަހައްޓާފައިވާ ފަންޑުފޮއްޓަކީ ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި ކުޅުދުއްފުށީ، އައިލެންޑް ފްރީޒް ގުޅިގެން ބަހައްޓާފައިވާ ފަންޑުފޮއްޓެކެވެ.

ފެންޝަންވޭ ފިހާރައިގެ އޮފިޝަލަކު ވިދާޅުވީގޮތުގައި ފިހާރަ ފަޅާލިކަން އެނގިފައިވަނީ މިއަދު ހެނދުނު ފިހާރަ ހުޅުވަން ދިޔުމުން ކަމަށެވެ. ފިހާރައިގެ ދޮރުގެ ތަޅު ފެލާލައިގެން ވަގު ވަދެފައިވާއިރު ފަންޑުފޮށީގެ އިތުރުން ސިނގިރޭޓާއި ވަތްގަނޑުގައި ބަހައްޓާފައިހުރި ފައިސާތައްވެސް ވަނީ ވަގަށް ނަގައިފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ދެ ސިނގިރޭޓް ކާޓޫން އާއި 2000 އެއްހާ ރުފިޔާވަނީ ވަގަށް ގެންގޮސްފަ އެވެ. މިމައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އެ އޮފިޝަލް މައުލޫމާތުދެ އެވެ.

ފަންޑުފޮށި ބެހެއްޓުމަށް ކުޅުދުއްފުށީގައި ހަރަކާތްތެރިވި އައިލެންޑް ފްރީޒްގެ ހުސެއިން އަލީ (ކޭޑީ) ބުނީ ފަންޑުފޮށި ވަގަށް ގެންގޮސްފައިވާކަން ފިހާރައިގެ ފަރާތުން އޭނާއަށްވެސް އަންގާފައިވާ ކަމަށާއި މިއީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ.

ޔަމަންގެ ރައްޔިތުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

ޔަމަންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގެ އެކި ފިހާރަތަކުގައި 10 ފަންޑުފޮއްޓެއް މިމަހު 18 ވަނަ ދުވަހު ވަނީ ބަހައްޓާފަ އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގްކުރަމުންނެވެ.

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355