twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

Jan 1, 2019

ރޭގަނޑު 11 ޖަހަންދެން އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދު ސަރުކާރުން އިސްލާހުކޮށްފިއެވެ.

ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާއިރު ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ އުސޫލުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު ގެޒެޓްކޮށްފައެވެ.

ޤަވާއިދުގައިވާ ގޮތުން 24 ގަޑިއިރު ހިދުމަތްދޭ ސައި ހޮޓާ ރެސްޓޯރަންޓް ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީ މަނާކަމެކެވެ. އަދި ފްރެންޗައިޒް އުސޫލުން ހިންގާ އެއްވެސް ތަނަކަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ.

އަދި 24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޭނީ ސާފުކޮށް އެތެރެ ފެންނާނެހެން އަލިކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ 24 ގަޑިއިރު އޮޕަރޭޓްކުރާ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ހޮޓާތަކަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ގަވާއިދުގައި ބުނެއެވެ.

މިއުސޫލުގައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް އެދި ހުށަހަޅާނެ ގޮތާއި ހުއްދަ ދިނުމުގައި ބަލާނެ ކަންކަމާއި ޝަރުތުތަކާއި އެކަމަށް ނަގާ ފީއާއި ހުއްދަ ބާތިލް ކުރެވޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓްތަކުން 24 ގަޑިއިރު ހިދުމަތް ދޭން ބޭނުންނަމަ އެކަމަށް އެދި ސިޓީ ކައުންސިލަށް ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހެޅުމުން އެކަމުގެ ހުއްދަ ދޭނީ އެކައުންސިލަކުންނެވެ.

މީގެ އިތުރުން ކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ގަވާއިދުގައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން މީރާއަށް ދެހާސް ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 2 އަހަރުގެ މުއްދަތަކަށް ދޭއިރު 2 އަހަރު ވުމުން ހުއްދަ އާކުރުމަށް ހުށަހަޅަންޖެހެއެވެ.

މީގެ ކުރިން ފިހާރަތައް 10 ޖަހާއިރު ބަންދު ކުރާއިރު، ރޭގަނޑު ދިހައެއް ޖަހާއިރު ފިހާރަތައް ބަންދުކުރާ ގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދު އިސްލާހުކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗުމަހުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355