twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރާނީ ޓާޝަރީ ފެންވަރަށްވުރެވެސް ފުޅާ ދާއިރާއެއްގަ: އަމީން

Jan 1, 2019

މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަމަށާއި އެހެންކަމުން އެ ހޮސްޕިޓަލަށް ދޭ ސަމާލުކަން ބޮޑުވާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ނެރޭ އޮންލައިން ނޫހެއްކަމަށްވާ އަވަސް އަށް މިނިސްޓަރު އަމީން ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރި ނަމަވެސް އެއަށް ވުރެ ފުޅާ ދާއިރާއެއްގައި އެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ދެމުންދާގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދާދި ފަހުން މިނިސްޓަރު އަމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން–

އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ލ. އަތޮޅާއި ހުވަދޫ އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަހައްދަށް ސިއްހީ ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އަތޮޅުތަކު ރަށްތައް ހުރީ އަޅާ ނުލާ ދޫކޮށްލާފައި ކަމަށެވެ.

މިވެރިކަމުގައި ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: އަމީން

ނަމަވެސް ކުރިޔަށް ފަސް އަހަރުގެ ތެރޭގައި އެކަން ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މާލެ ސަރަހައްދުން ލިބޭ ފެންވަރުގެ ބޭސްފަރުވާ އަތޮޅުތަކުން ލިބޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355