twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަޖިލީހުގައި ރަށުގެ އަޑު އެންމެ ރަނގަޅަށް އިއްވޭނީ ރަށު ދަރިން ހޮވައިގެން: އާތިފް

Jan 4, 2019

ވޭތުވެ ދިޔަ އަހަރުތަކުގައި މަޖިލީހުގައި ރަށުގެ ރައްޔިތުން ބޭނުންވާ ވަރަށް އަޑުއިއްވިގެންނުދިޔައީ ރަށުގެ ދަރިން މަޖިލީގުގައި ނެތުމުން ކަމަށާއި މަޖިލީހުގައި ރަށުގެ އަޑުއިއްވޭނީ ރަށުގެ ދަރިން ހޮވައިގެން ކަމަށް އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީގެ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފްގެ ފްރައިމަރީ އިފްތިތާހްކުރުމަށް ރޭ ހދ ރަށްވެހިގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ކުޅުދުއްފުށީގެ އަޑު އިއްވުމަށްޓަކާ ރައްޔިތުންގެ ބޭނުންވާ ވަރަށް މަޖިލީހުގައި ވަކާލާތު ކުރެވިގެން ދިޔަ ތަން ނުފެންނަށް ކަމަށާއި އެކަން އެހެން ދިމާވީ މަޖިލީހުގައި ކުޅުދުއްފުށީގެ ދަރިޔަކު ނެތުމުންކަމަށެވެ.

އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ އަޑު މަޖިލީހުގައި އިއްވޭނީ ކުޅުދުއްފުށީގެ ދަރިޔަކު އެތަނަށް އިންތިހާބުކުރެވިގެން ކަމަށެވެ. އަތޮޅު ކައުންސިލްގައި ދެ ދައުރު މަސައްކަތް ކުރެއްވި ވަރަށް ރަނގަޅަށް ރައްޔިތުންގެ އިހްސާސްތައް އެނގިގެން ދިޔަކަމަށާއި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނީ މަޖީލިހަށް ވަދެގެންކަމަށް ގަބޫލުކުރެވޭތީ މަޖިލީހަށް ކުރުމަތިލީކަމަށް އާތިފް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންވެސް ބޭނުންވަނީ ކުޅުދުއްފުށީގެ ދެ ގޮނޑީގައިވެސް ރަށުގެ ދަރިން އިންތިހާބުކުރުމަށް ކަމަށެވެ. “ގޮނޑި ހޫނުކުރެމެއް ނޫން، ރައްޔިތުންނަށް ވަކާލާތުކޮށްދިނުން” ކަމަށް އާތިފް ވިދާޅުވި އެވެ. އާތިފް ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރައްވަނީ ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވާ ގޮތަށް ހަމަހަމަ އުސޫލަކުން ކަމަށެވެ.

އާތިފް ވިދާޅުވީ ކުރިއަށްދާނީ ވިހާވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއެކު ކަމަށެވެ. ރޭގައި ވަނީ އާތިފް މުހިންމު ތިން ސިޔާސަތެއްވެސް ހާމަކޮށްފަ އެވެ. ކޮންމެ ކެންޑިޑޭޓަކު ޕްރައިމަރީ ކާމިޔާބުކުރިޔަސް އެ ކެންޑީޑޭޓަކު ފަހަތަށް އަރައި އެ ބޭފުޅަކު މަޖީލިހަށް ހޮވުމަށް މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިހަފްލާގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވައުދު އެންމެ ފުރިހަމަގޮތުގައި ފުއްދުމަށްޓަކާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހެއް އިންތިހާބުކުރަން ޖެހޭކަމަށެވެ.

އާތިފްގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި މިހަފުލާގައި ކައުންސިލަރުންނާއި އެމްޑީޕީގެ މެމްބަރުންވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355