twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެންއައިއައިއާއެކު ވެފައިވާ އެއްބަސްވުން ބާތިލެއް ނުކުރޭ: ހެލްތް މިނިސްޓަރ

Jan 6, 2019

އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާއިއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ނުވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

“މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ އެއްބަސް ވުން މިދިޔަ ސަރުކާރުން ބާތިލް ކޮށްފައިނުވާ ކަމަށާއި ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލަ ހައްލުކުރަން ކޮށްފައިވާ މަސައްކަތެއް ނުވަތަ މަޝްވަރާތަކެއް ނިޒާމުގެ ތެރޭގައި ލިޔެކިޔެމުން ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން އެއްބަސްވުން އޮތް ގޮތުން ވަރަށް ބޮޑެތި މައްސަލަތަލެއް އެބަހުރިކަމަށާއި، އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެންއައިއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި ނަމަ ސަރުކާރުން ބަދަލުދޭން ޖެހޭކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. އެގޮތުން މިނިސްޓަރު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވާނެކަން ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން މިނިސްޓަރު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށް ހޮސްޕިޓަލުގެ ހާލަތު ބައްލަވާ ލައްވާފަ އެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގައި ހުރި ވަސީލަތްތަކުވެސް މިހާރުދެމުންދާ ހިދުމަތަށްވުރެ ރަނގަޅަށް ހިދުމަތް ދެވޭނެކަން ފާހަގަކޮށްފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އައިޖީއެމްއެޗު ފިޔަވައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355