twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފިރިހެން ކުދިން އުފަންވާ ނިސްބަތް އަންހެން ކުދިންނަށް ވުރެ އިތުރީ ކީއްވެ؟

Jan 8, 2019

ކޮންމެ ދުވަހަކު އެވްރެޖްގޮތެއްގައި ދުނިޔެއަށް 353000 ކުދިން އުފަންވެއެވެ. އުފަންވާ ރޭޓްގެ ގޮތުން ބަލާއިރު އެއީ 1000 އަބާދީއެއް ނަމަ އެއީ މިނެޓަކު 18.9 ކެވެ. 255 އާބާދީއެއްނަމަ މިނެޓަކު 4.3 އެވެ.

އަންހެން އަދި ފިިރިހެން ކުދިން ވިހާ ނިސްބަތަށް ބަލާއިރު ކޮންމެ 100 އަންހެން ކުއްޖަކަށް 107 ފިރިހެން ކުދިން ވިހައެވެ. އެއީ ކީއްވެ ހެއްޔެވެ؟

ސައިންޓިފިކް ދިރާސާތަކަށް ބަލާއިރު ގުދުރަތީގޮތުންވެސް ފިރިހެން ކުއްޖަކު ވިހެއުމުގެ ޗާންސް ބޮޑެވެ. އެއީ ފިިރިހެން-އަންހެން ޖިންސްގެ ރޭޝިއޯއަކީ 100:105 އެވެ.

ކޮންމެ ކަހަލަ ދަރި ފަންޏެއް ވިޔަސް ހަށިގަނޑުގައި އަށަގަންނަން މައިމިހާގެ ހާލަތުވެސް ވަރަށް ބޮޑު ރޯލެއް ކުޅެއެވެ. އެގޮތުން މައިމީހާގެ އުމުުރު، ރަހިމުގެ މާހައުލު، އަންހެން މީހާގެ އޮވިއުލޭޝަން ސްޓޭޖް އަދި ކުރިން ކުދިން ވިހާފައި ހުރިނަމަ އެކަން ވެސް ދަރިފުޅުގެ ޖިންސަށް މުހިއްމެވެ.

ދެން އޮތީ ދުނިޔެވީ ގޮތުން ދެ ޖިންސްގެ ކުދިންގެ ތަފާތެވެ. ކުރިއަރާފައިވާ ގައުމުތައް ތަރައްގީވެފައިވާ މި ފަދަ ދުވަސްވަރެއްގައިވެސް އަދިވެސް ބައެއް ގައުމުތަކުގައި އަންހެން ކުދިންނަކީ އެމީހުންނަށް ހުރި ބަދު ނަސީބެއްކަމުގަ ދެކެއެވެ. ހާއްސަކޮށް އަންހެން ކުއްޖެއްނަމަ ބަނޑުގައި އޮއްވާ ދަރިފުޅު ވައްޓާލުން މިއީ އިންޑިޔާ، ޗައިނާ ފަދަ ތަހުޒީބީ ގައުމުތަކުގައި އަދިވެސް ކުރަމުން އަންނަ ކަމެވެ.

އިންޑިޔާގައި ކޮންމެ 100 އަންހެން ކުއްޖަކަށް 112 ފިރިހެން ކުދިން ވިހައެވެ. އަދި ޗައިނާގައި ކޮންމެ 100 އަންހެން ކުއްޖަކަށް 120 ފިރިހެން ކުދިންވިހަ އެވެ.

ކަންމިހެން އޮތް ނަމަވެސް ޅަ އުމުރުގައި ކުދިން މަރުވާ ނިސްބަތް ގިނައީ ފިރިހެން ކުދިންކަން ފާހަގަ ކުރެވެއެވެ. ސިއްހީގޮތުން ވެސް އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންނަށް ދިމާވާ މައްސަލަތައް ގިނައެވެ. އަދި ހަމަ ފުރާވަރަށް އަރަމުން އަންނަ އިރުވެސް ފިރިހެންކުދިން މަރުވާ ނިސްބަތް އަންހެން ކުދިންނަށް ވުރެގިނައެވެ. މިހެންކަމުން އާބާދީގައި ފިރިހެން-އަންހެން ކުދިންގެ ނިސްބަތަކީ 100:101 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355