ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ އެކްސްރޭ މެޝިންގައި މައްސަލައެއް ޖެހި ހިދުމަތް މެދުކެނޑިއްޖެ އެވެ.
ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިދުމަތް ހޯދަމުންއަންނަ އެ ހޮސްޕިޓަލުގެ އެކްސްރޭގެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.
އިއްޔެއާ މިއަދުވެސް އެކްސްރޭގެ ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ދިޔަ މީހުންނަށް އެހިދުމަތް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި އެކްސްރޭ މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ހެލްތް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.