twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ބޭނުންވާ ސާމާނު 10 ފަރާތަކަށް ދޫކުރަނީ

Jan 7, 2019

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ސަރުކާރުން 10 ފަރާތަކަށް ދޫކުރަން ނިންމާ އެތަކެއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ސާމާނު މަސްވެރިންނަށް ދޫކުރާނެ އުސޫލެއް ފިޝަރީޒް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. މިނިސްޓްރީން ބުނީ މި ބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތަކުގެ 10 ސެޓެއް ވަކީ އުސޫލެއްގެ ދަށުން ފޯރުކޮށްދޭނެ ކަމަށާއި ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމާ ގުޅޭ ސާމާނު ފޯރުކޮށް ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމަށް އާއްމުކޮށް ހުރިހާ ފަރާތަކަށްވެސް ކުރިމަތިލެވޭނެކަމަށެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމާއި އުސޫލު އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިތަކެއްޗަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ ތުތިބޯވަދިލަ މަހު މަސްވެރިކަން ކުރުމަށް އެ މިނިސްޓްރީ ދޫކުރާ ސެޓެއްގެ އަގު 2 ލައްކަ ރުފިޔާއަށް އަރާ ކަމަށާއި އެއީ އަގު ބޮޑު ތަކެތި ކަމުގައި ވުމުން އެ އެއްޗެހި ފޯރުކޮށްދޭން ނިންމާފައި ވަނީ ދިގު މުއްދަތުން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ކަމަށެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ދޫކުރާ ތަކެތި ބަލާލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355