ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމާއި އެކު އުރީދޫ އިން “ގެސް ދަ ވޯޑް” ނަމުގައި ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ފަށައިފި އެވެ.
މިއީ މަގްބޫލު ގޭމް ކަމަށްވާ “ހޭންގް މޭން” އަށް ބިނާކޮށް “ގެސް ދަ ވޯޑް” ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ކުޅޭ ގޭމެކެވެ. މި ގޭމް ކުޅެ އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.
“ގެސް ދަ ވާރޑް” ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ.
10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސްއެމްއެސް ކުރަށްވާށެވެ.
“ގެސް ދަ ވޯޑު”ގައި ބައިވެރިވެ ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
“ގެސް ދަ ވޯޑް” ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލެއްވޭނެ އެވެ.