twitterviber whatsapp telegramfacebookyoutube instagram
15th July 2026

ކުލަގަދަ ރަސްމިއްޔާތަކާއެކު ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުޓްސަލް މުބާރާތް ފަށައިފި

Jan 12, 2019

ކުލަގަދަ ރަސްމިއްޔާތަކާއެކު ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ކުޅުދުއްފުށީ، ބަސީރު ސްޕޯޓްސް އެކަޑަމީން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފައްޓަވައިދެއްވީ އިސްރަށްވެއްސެއްކަމަށްވާ ޔޫސުފް މުހައްމަދެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުޓްސަލް މުބާރާތް ފެށުމުގެ ތެރެއިން–

ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖްގެ ނަމުގައި ކުރިއަށްގެންދާ މިމުބާރާތުގައި 20 ޓީމެއް ވާދަކުރެ އެެވެ. ޗެމްޕިއަން ޓީމަށް 10،000ރ ހުށަހެޅިފައިވާއިރު މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސްޓޭޑިއަމްގެ ޓާފް ގުރާސް ފުޓްސަލް ދަނޑުގަ އެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުޓްސަލް މުބާރާތް ފެށުމުގެ ތެރެއިން–

މުބާރާތް ފެށުމުގެ ގޮތުން ރޭގަ ވަނީ ދެ މެޗު ކުޅެފަ އެވެ. ކޮންމެ ރެޔަކު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހު 31 ވަނަ ދުވަހުގެ ރޭގަނޑު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355