twitterviber whatsapp telegramfacebookyoutube instagram
19th February 2026

ރާއްޖެއައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Jan 14, 2019

ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.

މިމިހާ ރާއްޖެ އައިސްފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. މި މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލާފާސްކުރުމުން މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއްގައި މުށި ކުލައިގެ ފަތްތަކެއް ވަނީ ފެނިފައެވެ.

އަދި މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355