twitterviber whatsapp telegramfacebookyoutube instagram
6th June 2025

ކުޅުދުއްފުށީ ކުޅީގެ ބާކީ ބައި ހިމާޔާތްކޮށް ރައްކާތެރިކުރުން މުހިންމު: އަލީ ހުސެއިން

Jan 14, 2019

ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔާތްކޮށް ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުން މަޖީލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށްފައިވާއިރު އެތަނުގެ ބާކީ އޮތް ސަރަހައްދު މޫދާ ގުޅިފައިނެތުމުން އެތަން ހަލާކުވެ މަރުވެދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މެމްބަރު އަލީ ހުސެއިން ކުޅުދުއްފުށީ ކުޅިއާ ބެހޭގޮތުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުޅީގެ ބާކީ އޮތް ބައި ހިމާޔާތްކޮށް ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ތަރައްގީގެ ނަމުގައި ތިމާވެށި ހަލާކު ކުރާ ބަޔަކަށް ” އަޅުގަނޑުމެން” ވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

Kulhudhuffushi ge kulheege baakee oi bai himaayaikoh rakkaatheri kurumakee varah muhinmu kameh. Tharaggeege namugai thimaaveshi halaakukuraa bayakah alhugandumen vegen nuvaane.

— Ali Hussain (@AleeVoice) January 14, 2019

ތިމާވެށީގެ ރޮގުން އެމެރިކާގެ ސިރަކުއުސް ޔުނިވާރސިޓީ އަދި ސްޓޭޓް ސުކޫލް އޮފް ނިއުޔޯރކް، އެންވަޔަރަމެންޓް އެންޑް ފޮރެސްޓްރީގައި މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ތިމާވެށިގެ އެކްޓިވިސްޓެއްކަމަށް އަބުދުﷲ އާދަމް (އެޑަމް) ހާމަކުރާގޮތުގައި ކުޅީގެ ބާކީ ބައި ހިމާޔާތްކޮށް ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވިދާނެ ކަމަށެވެ.

އޭނާ ދެކޭގޮތުގައި އައްޑޫ އަދި ފޯއްމުލަކު ފަދަ ސިޓީތަކުގެ ކުޅިތަކުގައި ތަރައްގީކޮށްފައިވާ ގޮތަށް ނޭޗާރ ޕާކް ކުޅުދުއްފުށީ ކުޅީގެ ބާކީ ބައިގައިވެސް ތަރައްގީކޮށް ނަފާ ހޯދިދާނެ ކަަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355