twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫ ސްކޫލުގައި ޓީޗަރުން ހަމަނުވެ، ބެލެނިވެރިން ހިތްހަމަނުޖެހުމެއްގައި

Jan 14, 2019

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށުނު ނަމަވެސް ހދ ހަނިމާދޫގެ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވެފައިނުވާކަމަށް ބެލެނިވެރިން ބުނެފި އެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓަރު އިއްޔެ ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާ ކަމަށެވެ.

ހަނިމާދޫ ސްކޫލުގެ ބެލެނިވެރިޔަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވެފައިނުވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބެލެނިވެރިންނާ ބައްދަލުކޮށް ސްކޫލުން އަންގާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި 11 ޓީޗަރުން މަދުވާ ކަމަށް ސްކޫލުން ބުނެފައިވާއިރު ރިލީފް ޓީޗަރުން ހޯދުމަށް އިއުލާން ކުރުމުންވެސް ސްކޫލުން ހުޅުވެންވާއިރަށް ލިބިފައިވަނީ 5 ޓީޗަރުން ކަމަށް ބެލެނިވެރިން ބުނެފައިވެ އެވެ.

ޓީޗަރުން ހަމަނުވެފައިވަނީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 8 ހަމައަށް ކަމަށްވެސް ބެލެނިވެރިން ބުންޏެވެ. ސްކޫލަށް މިހާރު ބޭނުންވަނީ 6 ޓީޗަރުންނެވެ.

މިކަމާ ގުޅިގެން ސްކޫލުގެ ރަސްމީ ބަހެއް ލިބިފައިނުވިނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވެފައިނުވާކަން މިނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

އެ ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯދުމަށް ދެވަނަ ފަހަރަށް މިހާރު އިއުލާންކޮށްފައިވާއިރު އިއުލާނުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ. އެހެންކަމުން އެންމެ އަވަހަށް މަދުވާ 6 ޓީޗަރުންނާ އިންޓަވިއުކޮށް ވަޒީފާއަށް ނެރެވޭނީ ބުދަ ދުވަހު އެވެ.

ސްކޫލުތަކުގެ ކިޔެވުން ފެށުނުއިރު ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވެފައިނުވާތީ އެ ސްކޫލުގެ ބެލެނިވެރިން ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ. ހަނިމާދޫ ސްކޫލަށް މިއަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ވަނީ ހަމަވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355