twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނާސްތާ ޕްރޮގުރާމް ނޭކުރަންދޫ ސްކޫލުގައި ފެށިގެން ކުރިއަށް !

Jan 14, 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހަރަދުގައި ސްކޫލްތަކުގައި ދަރިވަރުންނަށް ނާސްތާ ދޭން ފަށައިގެން ކުރިއަށްދާއިރު ހދ އަތޮޅުގައި މިޕްރޮގުރާމް ފަށައިފައިވަނީ ނޭކުރަންދޫ ސްކޫލްގަ އެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ނޭކުރަންދޫ ސްކޫލުގައިވެސް އިއްޔެ ފެށިފައިވާއިރު ފްރޮގުރާމް ކުރިއަށްދާ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަޖެހިފަ ކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލުގައި 144 ދަރިވަރުން ތައުލީމް ހާސިލުކުރާއިރު ހުރިހާ ދަރިވަރުންވެސް ނާސްތާ ޕްރޮގުރާމްގައި ބައިވެރިވާކަމީ ބެލެނިވެރިން މިކަމުގައި ހިތްހަމަޖެހިފައިތިބި މިންވަރަށް ވަރަށް ބޮޑަށް ސާފުވާކަމެއްކަމަށް ނޭކުރަންދޫ ސްކޫލުން މައުލޫމާތުދެ އެވެ.

ނޭކުރަންދޫ ސްކޫލުގެ ދަރިވަރުންތަކެއް ނާސްތާ ކުރަނީ–

 

ތިން މެނޫއެއް ހިމެނޭއިރު މެނޫތަކުގައި ސޭންޑް ވިޗް، ކުކުޅު ބިސް، ދޮންކެޔޮ، އަދި ތަރުކާރީ އާއި މޭވާ އަދި ކިރު ޕެކެޓް ހިމެނެ އެވެ.

ނޭކުރަންދޫ ސްކޫލުގެ ބައެއް ބެލެނިވެރިންނާ ހަވާލާދީ ސްކޫލުން މައުލޫމާތުދޭގޮތުގައި މިޕްރޮގުރާމް އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަންވެސް ފާހަގަކުރި އެވެ.

ނޭކުރަންދޫ ސްކޫލުގެ ދަރިވަރުންތަކެއް ނާސްތާ ކުރަނީ–

ނާސްތާ ޕްރޮގުރާމް ރާއްޖޭގެ 25 ސްކޫލެއްގައި ފެށިގެންދާއިރު ދެވަނަ ޓާމްގައި ފެށުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މި ޕްރޮގުރާމް ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355