twitterviber whatsapp telegramfacebookyoutube instagram
19th April 2026

ހދ އަތޮޅު ކައުންސިލުން މިނިސްޓްރީތަކާ ބައްދަލުކުރުމަށް މާލެއަށް

Jan 15, 2019

ހދ އަތޮޅުގައި ހުރި ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން މިނިސްޓްރީތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް ހދ އަތޮޅު ކައުންސިލުން މާލެއަށް ދިއުމަށް ނިންމައިފި އެވެ.

ހދ އަތޮޅުން ބުނީ މާލެއަށް ދިޔުމަށް ނިންމާފައިވަނީ މިމަހު 20-24 އަށް ކަމަށެވެ. އެކައުންސިލުން ބުނީ މިދަތުރުގައި އަތޮޅުގެ ރަށްތަކަށް ބޭނުންވާ ކަންތައްތައް ހޯދުމަށް މަސައްކަތް ކުރުމާއި، އަތޮޅުގެ ރަށްތައްކަށް ހުރި ތަރައްގީގެ މަޝްރޫއުތަކަކީ ކޮބާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ކުރަން ނިންމާ ހުއްޓިފައިވާ މަޝްރޫއުތައް، ހުއްޓިފައިވާ ސަބަބާއި އެމަޝްރޫއުތައް ފެށުމަށް މިނިސްޓްރީތަކަށް ބާރު އެޅުމަށް މިދަތުރުގައި މަސައްކަތް ކުރާނެކަމަށްވެސް އެކައުންސިލުން މައުލޫމާތުދެއްވި އެވެ.

ކައުންސިލުން ބުނީ މިދަތުރުގައި މިނިސްޓްރީތަކާއި ބައެއް ކުންފުނިތަކާއި ކޮލެޖަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އެޕޮއިންޓްމެންޓަކަށްވެސް އެދިފައިވާނެކަމަށް ކައުންސިލުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355