ކެލާގައި ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ހަތަރު ސަރަހައްދެއް އެރަށު ކައުންސިލުން ހިމާޔާތްކޮށް، އެކަން އާންމުކޮށްފި އެވެ.
އެގޮތުން ހިމާޔާތްކުރީ އެރަށު ކަނޑޫފާ، ކަނޑިންމަ ސަރަހައްދު، އެރަށު ފަޅު، އަދި ގައުމުލި ސަރަހައްދެއްވެ.
ކެލާގެ ކަނޑޫފާއަކީ 22 ހެކްޓަރު ހުންނަ ބޮޑު ސަރަހައްދެކެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑެތި ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކަނޑޫފާ އެކެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބ އަތޮޅުން ފެށިގެން އުތުރުގެ ހުރިހާ ރަށަކަށް ލަނޑޫ ފޯރުކޮށްދީފައިވަނީ މި ކަނޑޫފަލުންނެވެ.
ކެލާ ކަނޑިންމަ ސަރަހައްދަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރުން ފެށިގެން މާރޗުމަހާ ހަމައަށް ގިނަ އަދަދެއްގެ އެންމަޑި އާއި މިޔަރު ފެންނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ. އަދި އެރަށު ގައުމުލި އަކީ ކުދި މިޔަރާއި މަޑި އަދިވެސް އެހެނިހެން މަސްތައް ވިހާ އާލާވާ ސަރަހައްދެކެވެ.
ކެލާގެ ފަޅުތެރެ–ފޮޓޯ: ބިއުޓިފުލް ކެލާ
ގެސްޓްހައުސް ވިޔަފާރީގެ ގޮތުން ކުރިއަރަމުން އަންނަ ކެލާގެ ފަޅަކީ ކުދިމަސްމަހާމެހި ވިހާ އާލާވެ އަދި ތަފާތު އެކި ވައްތަރުގެ މުރަކަ ހެދި އާލާވާ ސަރަހައްދެކެވެ.
މިސަރަހައްދު ހިމާޔާތްކުރަން ކައުންސިލުންގެ ގަރާރަކުން ނިންމާފައިވާއިރު އެސަރަހައްދުތައް ތަރައްގީކުރާނީ އެންވަރަމެންޓް ޕުރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކަމަށް އެކައުންސިލުން މައުލޫމާތުދެއްވަ އެވެ.