twitterviber whatsapp telegramfacebookyoutube instagram
6th June 2025

ރަށުން ބޭރު މީހުން މަޖިލީހުގައި ކުޅުދުއްފުށީ ތަމްސީލުކުރުން ހުއްޓުވަން ޖެހޭ: އަލީ

Jan 16, 2019

ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ ތަމްސީލުކުރުމުގެ ފުރުސަތު ރަށުން ބޭރު މީހުންނަށް ދިނުން ހުއްޓުވަން ޖެހޭކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޔާސިރު އަބުދުލް ލަތީފްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އަލީ މުހައްމަދު ވިދާޅުވީ މިހުރިހާ ދުވަހަކު މަޖިލީހުގައި ކުޅުދުއްފުށީ ތަމްސީލުކުރަމުން ގޮސްފައިވަނީ ރަށުން ބޭރު މީހުން ކަމަށާއި އެހެންވެ ސިޔާސީ ގޮތުން ކުޅުދުއްފުށި އެތައް ތަނެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ.

ދެން އެފުރުސަތު ރަށުން ބޭރު މީހުންނަށް ދީގެން ނުވާނެ ކަމަށާއި ރަށު އެންމެ ރަނގަޅު ހާލަތު ބަދަލުކުރެވޭނީ ރަށުގެ ރައްޔިތުން މަޖިލީހަށް ލައިގެން ކަމަށެވެ. އަދި އެކަމުގައި ރައްޔިތުން އެކަތިގަނޑަކަށްވުމަށް އަލީ ގޮވާލެއްވި އެވެ.

ހދ އަތޮޅު ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލީ ވިދާޅުވީ ޔާސިރު ފަދަ ތައުލީމީ ހަރުދަނާ ޒުވާނަކު އެމްޑީޕީއާ ގުޅުމަކީ ކުޅުދުއްފުށީގެ އެމްޑީޕީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަލީ ވިދާޅުވީ ޕްރައިމަރީގައި ކިތަމެއް ވާދަވެރިވިޔަސް އެއްވެސް ފަރާތްތަކުން އަނެއް ފަރާތެއްގެ އަބުރާ އިއްޒަތަށް ހުތުރުވާ ގޮތަށް ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ.

އަދި ޕްރައިމަރީގައި މޮޅުވާ ފަރާތެއްގެ ފަހަތަށް ހުރިހާ މެމްބަރުން އަރައި މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް އެކަތިގަނޑެއްހެން މަސައްކަތް ކުރުމަށްވެސް އޭނާވަނީ ގޮވާލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355