twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޮޑު ތިލަދުންމަތީ 3 ސަރަހައްދެއްގައި އަލުން ކަނދުފަތި އަޅައިފި

Jan 17, 2019

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުގައި ކަނދުފަތި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބޮޑު ތިލަދުންމަތީ 3 ސަރަހައްދެއްގައި ކަނދުފަތި އަޅައި ނިންމާލައިފި އެވެ.

އެގޮތުން ބޮޑު ތިލަދުންމަތީގައި ކަނދުފަތި އަޅާފައިވަނީ ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށިގަ އެވެ. މިއީ ކުރިން އިން ކަނދުފަތި ނެގުމަށްފަހު ކަނދުފަތި އާ ކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.

Sh. Komandoo FAD, 23 miles SW of Komandhoo has been reinstalled and deployed #today . pic.twitter.com/wO95i7fG55

— Min. of Fisheries, Marine Resources & Agriculture (@FishAgri) January 15, 2019

ކޮމަންޑޫގައި ކަނދުފަތިއެޅުމަށް ފަހު މިނިސްޓްރީން ކޮށްފައިވާ ޓްވީޓް–

ފުރަތަމަ ކަނދުފަތި އަޅާފައިވަނީ މިިދިޔަ ހޯމަ ދުވަހު ކޮމަންޑޫގެ 23 މޭލު ބޭރުން ނެވެ. އަދި އިއްޔެ ކުޅުދުއްފުށީގައި ކަނދުފަތި އަޅާފައިވަނީ ކުޅުދުއްފުށީގެ ބޭރުން 15 މޭލުގައި ބޭރުންނެވެ.

Ha. Dhaal Kulhudhuhfushi FAD, 15 miles SE of Kulhudhuffushi has been reinstalled and deployed #Today pic.twitter.com/KtyPm73SoP

— Min. of Fisheries, Marine Resources & Agriculture (@FishAgri) January 16, 2019

ކުޅުދުއްފުށީގައި ކަނދުފަތި އެޅުމަށްފަހު މިނިސްޓްރީން ކޮށްފައިވާ ޓްވީޓް–

މީގެ އިތުރުން ދެން ކަނދުފަތި އާކުރުމަށް ހަމަޖެހިފައިވާ ހޯރަފުށީގައި ކަނދުފަތި އާކޮށްފައިވަނީ މިއަދުއެވެ. އެރަށު ކަނދުފަތި އަޅާފައިވަނީ އެރަށުގެ 20 މޭލު ބޭރުން އެވެ.

Hoarafushi FAD, FAD No: 509, 20 miles west of Hathifushi has been deployed this morning. pic.twitter.com/1ErVVcvzof

— Min. of Fisheries, Marine Resources & Agriculture (@FishAgri) January 17, 2019

މިއަދު ހޯރަފުށީގައި ކަނދުފަތި އެޅުމަށްފަހު މިނިސްޓްރީން ކޮށްފައިވާ ޓްވީޓް–

ކަނދުފަތި އެޅުމަށް ކުރަމުންދާ މަސައްކަތާއި ބެހޭގޮތުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކަނދުފަތި ކެނޑިގެން އަންގާ ރަށްރަށުގައި އަންގަމުންދާ ތަރުތީބުން ކަނދުފަތި އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ކަނދުފަތި ގަވައިދުން ބެލެހެއްޓުމަށް މަސްވެރިންގެ ފަރާތުން އެދެމުންދާ ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެެވެ.

“ތަކުރާރުކޮށް ހަމަ އަބަދު އަޅުގަނޑުމެނަށް ކެނޑިނޭޅި މަސްވެރިންގެ އެދުމެއްމީ ކަނދުފަތިތައް މެއިންޓެއިން ކުރުން. ހަމަ އެއާއިއެކު އަޅުގަނޑު ދަންނަވަންޖެހޭނީ ކަނދުފަތި އަޅުގަނޑުމެން ވަރަށް ފަހުން ވެސް އިއުލާން ކުރެވިފަ އޮންނާނީ ކަނދުފައްޗަށް ގެއްލުން ވާ ގޮތަށް މަސްވެރިކަން ނުކުރުމަށް” މިނިސްޓަރު ވިދާޅުވި އެެވެ.

ނަމަވެސް ކަނދުފައްޗަށް ގެއްލުންވާ ގޮތަށް ބައެއް މަސްވެރިން މަސްވެރިކަން ކުރަމުން ދާކަން ފާހަގަ ކުރަމުން މިނިސްޓަރ ވިދާޅުވީ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މިނިސްޓްރީން އެދޭކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެބޭފުޅުންގެ މަގުސަދަކީ މަސް ވިއްކޭނެ ގިނަ ބަދަރުތަކެއް ގާއިމްކޮށް އެކަން މަސްވެރިންނަށް ފަހިކޮށްދިނުން ކަމަށާއި އަދި މަސްވެރިންނަށް ބޭނުންވާ އައިސް އަދި އެހެން ވަސީލަތްތައްވެސް ފަސޭހަ ކަމާއިއެކު ލިބޭނެގޮތް ހެދުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355