ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާތީ ރައްކާތެރިކަމުގެ ގޮތުން އެސަރަހައްދަށް ވަދެ އުޅުން މަނާކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެސަރަހައްދުގައި ބޮޑެތި ވެހިކަލުތައް ބޭނުންކުރަމުންދާނެ ކަމަށާއި އެހެންވެ ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދަށް އާންމު ވަދެ ނޫޅުމަށެވެ.
ކައުންސިލުން ބުނީ އެ ސަރަހައްދުގައި ވަދެ އުޅުން މަނާ ސަރަހައްދުތައްކަން އަންގައިދޭ ބޯޑުތައް ހުންނާނެ ކަމަށެވެ. އެބޯޑުތައް ފަހަނަ އަޅައި އެއްވެސް ފަރާތްތަކުން އެތަނަށް ވަދެ ނޫޅުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ.
އެ ސަރަހައްދުގެ މޫދާއި ވެލިގަނޑުގެ ބޭރު މަގުތައްވެސް އެއްވެސް ފަރާތްތަކުން ބޭނުން ނުކުރުމަށް ކައުންސިލުން އެދެ އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ދެއްވާ އެއްބާރުލުން ފާހަގަކުރާކަމަށްވެސް ކައުންސިލުން ބުނެ އެވެ.