twitterviber whatsapp telegramfacebookyoutube instagram
18th April 2024

ވަޒީފާގެ ބިރަށް އެމްޑީޕީ ދޫކޮށެއް ނުލަން، އަބަދުވެސް އިހްލާސްތެރިކަމާއެކު ޕާޓީއަށް ހިދުމަތް ކުރިން: ލަބީބު

Jan 17, 2019

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު “ވައްޓާލިއިރު” އޭނާ ހުންނެވީ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގައި ކަމަށްވިޔަސް ވަޒީފާގެ ބިރަށް ސަރުކާރަށް ދީލާލައިފައިނުވާނެކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ލަބީބު މޫސާ ވިދާޅުވެއްޖެ އެވެ.

ލަބީބު މިހެން ވިދާޅުވީ ރޭ އޭނާ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ލަބީބު ވިދާޅުވީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު “ބަޢާވާތަކުން” ވައްޓާލުމަށް ރައްޔިތުން އުޅެމުންދިޔައީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވިއިރު އޭނާ ހުރީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާގައި ކަމަށާއި ވަޒީފާގެ ބިރަށް އޭރުވެސް ސަރުކާރަށް ދީލާލާފައިނުވާނެ ކަމަށެވެ.

އޭރުވެސް އޭނާ ދިޔައީ ސަރުކާރުގައި ހުރެގެން އެމްޑީޕީއަށް ހިދުމަތް ކުރަމުން ކަމަށެވެ. އެމްޑީޕީގެ މަސައްކަތުގައި ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން ކަމަށް ލަބީބު ވިދާޅުވި އެވެ.

ވަޒީފާގައި ހުރިއިރު އެތަކެއް ފިއްތުންތަކެއް 2013 ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ކުރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް އެކަންކަމަށް ބެލުމެއް ނެތި އޭނާ ދިޔައީ އެމްޑީޕީގެ މަސައްކަތުގައި ސާބިތުކަމާއެކީ ކުރިއަށް ކަމަށް ލަބީބު ވިދާޅުވި އެވެ.

” އަޅުގަނޑަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރެއް. ކުރީގަވެސް މިއަދުވެސް އަދި މާދަމާވެސް އަޅުގަނޑު ހުންނާނީ އެމްޑީޕީގަ”. ލަބީބު ވިދާޅުވި އެވެ.

އެމްޑީޕީ ވުޖޫދުވި ދުވަހުން ފެށިގެން ލަބީބަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ރާއްޖޭއިން ބޭރުގައި ކުރިއަށްދިޔަ އިރު އެ މަސައްކަތުގައި ރައީސް ނަޝީދާއެކު 2003 ވަނަ އަހަރު ބައިވެރިވެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ލަބީބު ވަނީ މިނިވަން ރޭޑިޔޯގައި އާއި އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފަސްޓްގައި މަސައްކަތްކޮށް އެމްޑީޕީގެ ސިޔާސަތު މުޅި ރާއްޖެއަށް ފެތުރުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ބޮޑެތި ވައުދުތަކާއެކު ލަބީބުގެ މެނިފެސްޓޯ އިފްތިތާހްކޮށްފި

ލަބީބު ވިދާޅުވީ 2019 ވަނަ މަޖިލީހަކީ ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާކުރާނެ މަޖިލީހެއް ކަމަށެވެ. މަޖިލިސް 2019 އިން ދިވެހި ރާއްޖޭގެ ތަރައްގީގެ ތަސައްވަރު ބަދަލުކޮށްލާނެކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބުކުރާނެކަމަށް ލަބީބު ވިދާޅުވި އެވެ.

މި ޖަލްސާގައި ލަބީބު މަޖިލީހަށް ހޮވިއްޖެނަމަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެ އެކަންތައްތައް ހާމަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355