twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އެހީވުމަށް ނެއްލައިދޫ ޒުވާނުން ލަނޑަޔަށް !

Jan 17, 2019

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހދ ނެއްލައިދޫގެ ޒުވާނުން ލަނޑާ ނަގައިފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންނާއި ނެއްލައިދޫ ކައުންސިލުން ގުޅިގެން ޔަމަންގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ހިންގި މިހަރަކާތަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ކައުންސިލުން ބުނެ އެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމް ކޭއޯއަށް ވިދާޅުވީ ސަރުކާރުގެ މުވައްސަސާތަކާއެކު މަޝްވަރާކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ. މިހަރަކާތުގައި ބައިވެރިވި ޒުވާނުންގެ އަދަދުންވެސް މިކަމަށް ލިބުނު ތަރުހީބު އެނގިގެންދިޔަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެކަމަށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

ޔަމަންްގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ލަނޑާ ނެގުމުގައި 60-70 ދެމެދުގެ ޒުވާނުން ބައިވެރިވި އެވެ. ލަނޑާ ނަގަން ގޮސްފައިވަނީ ކުދި ޑިންގީތަކުގަ އެވެ. ނެއްލައިދޫއަކީވެސް ލަނޑަޔަށްދާ ޒުވާނުން ގިނަ ރަށެކެވެ.

ނެއްލައިދޫ ޒުވާނުންތަކެއް ޔަމަން މުސްލިމުންނަށް އެހީވުމަށް ލަނޑަޔަށް ދަނީ–

 

ލަނޑާ ނެގުމުގެ މިހަރަކާތުގައި އެންމެ އަގުބޮޑު އެއްވަރެއްކަމަށްވާ “ކަރީ ފިސް” ލަނޑާގެ 475 ލަނޑާ ނަގާފައިވެ އެވެ. ކަރީ ފިސްގެ ބޮޑު ލަނޑައެއްގެ އަގު އުޅެނީ 100ރ އަށެވެ. އަދި ކަށި ލަނޑާ، ކިރު ލަނޑާ، ލަނޑާގެ މޮޅު ބާވަތެއްކަމަށްވާ “އަލަނާސި” ލަނޑާވެސް ނަގާފައިވެ އެވެ.

ނާޒިމް ވިދާޅުވީ ލަނޑާ ކިރުން އޮންނާނީ މާދަމާ ކަމަށާއި ލަފާކުރެވޭގޮތުން އެކަށީގެންވާ ރަނގަޅު އަދަދެއްގެ ފައިސާ ކޮޅެއް ލިބޭނެ ކަމަށެވެ. މިހުރިހާ ފައިސާއެއްވެސް ހަދިޔާކުރާނީ ޔަމަންގެ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގުރާމްގެ ދަށުން ލަނޑައަށް ދިޔަ ޒުވާނަކު ބުނީ ހުރިހާ ޑިންގީތަކަކުންވެސް އެކަށީގެންވާ ވަރަށް ލަނޑާ ނެގިކަމަށެވެ.

މީގެ ކުރިންވެސް ޔަމަންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައިވަނީ މަސައްކަތު ދުވަހެއް ފާހަގަކޮށް 12،200ރ ހޯދާފަ އެވެ. އެފައިސާ މިހާރުވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންނާ ހަވާލުކޮށްފަ އެވެ. އަދި ފަންޑުފޮއްޓެއްވެސް ނެއްލައިދޫގައި ވަނީ ހުޅުވާފަ އެވެ. އެ ފަންޑުފޮށި ގުނާނީ އަންނަ ހަފްތާތެރޭގައި އެވެ.

ނެއްލައިދޫ ޒުވާނުންތަކެއް ޔަމަން މުސްލިމުންނަށް އެހީވުމަށް ލަނޑަޔަށް ދަނީ–

 

ދުނިޔޭގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި އަންނަނީ ތަފާތު ފަންޑު ހޯދުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355