twitterviber whatsapp telegramfacebookyoutube instagram
30th July 2025

ކުޅުދުއްފުށީގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކައުންސިލަރުން މާލެއަށް !

Jan 17, 2019

ކުޅުދުއްފުށީގައި ހުރި މައްސަލަތަކާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލުން، ސަރުކާރުގެ މުވައްސަސާތަކާ ބައްދަލުކުރުމަށް މާލެއަށް ދަތުރެއް ދިޔުމަށް ނިންމައިފި އެވެ.

މިދަތުރު ދިޔުމަށް ނިންމާފައިވަނީ 20-24 އަށެވެ. މިދަތުރުގައި ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތަކާއި ހުއްޓިފައިވާ މަޝްރޫއުތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވީ މި ދަތުރުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އާއި ގިނަ މިނިސްޓްރީތަކާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރުގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައްކަމަށް ހައްްލެއް ލިބިގެންދާނެކަމަށް ކައުންސިލުން ދެކެ އެވެ.

ހދ އަތޮޅު ކައުންސިލުންވެސް ވަނީ މިމަހު 20-24 އަށް މާލެއަށް ދަތުރެއް ދިޔުމަށް ނިންމާފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355