twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފޯރިއާއެކު ކުރިއަށް !

Jan 18, 2019

އަންނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ނުކުންނަ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ފެށިގެން ކުރިއަށް އެބަދެ އެވެ.

މިއަދު މެންދުރުފަހު 2:30ގައި ޕްރައިމަރީ ފެށިފައިވާއިރު މިއީ މިހާ ގިނަ ކެންޑިޑޭޓުންނާއެކު ޕާޓީއެއްގެ ޕްރައިމަރީއެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ވޯޓު ނެގުން މިރޭ 8:30 އާހަމައަށް ކުރިއަށްދާއިރު މި ޕްރައިމަރީގައި ކުޅުދުއްފުށީގެ ދެ ދާއިރާއަށް 7 ކެންޑިޑޭޓުން ވާދަކުރެ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް 4 ކެންޑިޑޭޓުން އަދި ދެކުނު ދާއިރާއަށް 3 ކެންޑިޑޭޓުންނެވެ.

އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން–

އެމްޑީޕީ ޕްރައިމަރީގައި އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ:

އަބުދުލް ރަޝީދު އާދަމް

ލަބީބު މޫސާ

މުހައްމަދު އަބުދުލްރަހުމާނު

ޔާސިރު އަބުދުލްލަތީފް

އުތުރު ދާއިރާގެ ވޯޓުލުން އެމްޑީޕީ ހަރުގޭގައި ކުރިއަށްދާއިރު އެދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 574 މެމްބަރުން އެބަތިއްބެވެ. ދެކުނު ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 452 މެމްބަރުންނަށެވެ. އެދާއިރާގެ ވޯޓުލުން ކުރިއަށްދަނީ ތިލަދެކުނު ސިނަމާގަ އެވެ.

ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން–

އެމްޑީޕީ ޕްރައިމަރީގައި ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ:

އަހުމަދު އާތިފް

އާދަމް ވަހީދު

ޖަމްޝީދު މުހައްމަދު

މާލޭގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކުގެ ތެރެއިން ހއ.ހދ. ށ، އަދި ނ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ އިސްކަންދަރު ސްކޫލްގައި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މުޅި ރާއްޖޭގައި 270 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މި އިންތިހާބުގައި 279 ކެންޑިޑޭޓުން ވާދަ ކުރައްވާއިރު އެކި ދާއިރާތަކުން ޕްރައިމަރީގައި ޖުމްލަ 86،091 މީހަކަށް ވޯޓް ލެވޭނެ އެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355