twitterviber whatsapp telegramfacebookyoutube instagram
15th April 2026

ބޮޑު އަގުލަބިއްޔަތަކާއެކު ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ޔާސިރު ކާމިޔާބުކޮށްފި

Jan 19, 2019

ބޮޑު އަގުލަބިއްޔަތަަކާއެކު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ޔާސިރު އަބުދުލް ލަތީފް ކަށަވަރުކޮށްފި އެވެ. އޭނާ ވަނީ 285 ވޯޓް ކާމިޔާބުކޮށްފަ އެވެ.

އުތުރު ދާއިރާއިން ޔާސިރު އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ މުހައްމަދު އަބުދުއްރަހުމާނެވެ. އޭނާއަށް ލިބިފައިވަނީ 97 ވޯޓެއްވެ އެވެ. ލަބީބު މޫސާއަށް 57 ވޯޓު ލިބުނުއިރު އަބުދުއްރަޝީދު އާދަމް ލިބިފައިވަނީ އެންމެ 9 ވޯޓެެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮއްޓަށް ބަލާއިރު ޔާސިރަށް ލިބުނީ 271 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ލިބިފައިވަނީ 14 ވޯޓެވެ. މުހައްމަދު އަބުދުއްރަހުމާނުއަށް ކުޅުދުއްފުށީގައި ބެހެއްޓި ފޮށިން 90 ވޯޓު ލިބުނުއިރު މާލޭގައި ބެހެއްޓި ފޮށި އޭނާއަށް ލިބިފައިވަނީ 7 ވޯޓެވެ.

އެމްޑީޕީގެ ދުވަސްވީ އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ލަބީބު މޫސާއަށް 48 ވޯޓު ލިބުނުއިރު މާލޭގައި ބެހެއްޓި ފޮށިން ލަބީބަށް ލިބިފައިވަނީ 9 ވޯޓެވެ. އަދި ހަމަ އެމްޑީޕީގެ ދުވަސްވީ ހަރަކާތްތެރިޔެއް ކަމަށްވާ އަބުދުއްރަޝީދު އާދަމް ކުޅުދުއްފުށިން ލިބުނީ އެންމެ 6 ވޯޓެއްވެ، އަދި މާލޭގައި ބެހެއްޓި ފޮށިން ލިބިގެންގޮސްފައިވަނީ 3 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355