twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކެމްޕެއިން ނުކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ޖަމްޝީދު ކަށަވަރުކޮށްފި

Jan 19, 2019

މާބޮޑު ކެމްޕެއިނެއް ނުކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ޖަމްޝީދު މުހައްމަދު ކަށަވަރުކޮށްފި އެވެ. ޖަމްޝީދުއަށް ލިބިފައިވަނީ 155 ވޯޓެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ކުރިއަށްދިޔަ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ތިން ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ ޖަމްޝީދު މުހައްމަދުގެ އިތުރުން ކުޅުދުއްފުށީގެ ފުރަތަމަ ކައުންސިލަރު އާދަމް ވަހީދާއި ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފެވެ.

މި ތިން ބޭފުޅުންގެ ތެރެއިންވެސް ޕްރައިމަރީގެ ކެމްޕެއިން އެންމެ ހަނިކޮށް ކޮށްފައިވަނީ ޖަމްޝީދެވެ. އާދަމް ވަހީދާއި އާތިފްގެ ކެމްޕެއިން ލޯންޗުކުރުމަށްވެސް ޖަލްސާ ބާއްވާފައިވެ އެވެ. އަދި މި ދެ ބޭފުޅުން މީސް މީޑިއާގައިވެސްގައިވެސް ވަނީ ފުޅާ ދާއިރާއެއްގައި ކެމްޕެއިންކޮށްފައިވެ އެވެ. އެކަމަކު ޖަމްޝީދު ކެމްޕެއިން ކުރިތަނެއް ނުފެނެ އެވެ. ޕޮޓޯއެއް އާންމުކޮށްފައިވަނީ ދާދި ފަހުންނެވެ.

ކުޅުދުއްފުށީ ފޮއްޓަށް ޖަމްޝީދުއަށް ލިބިފައިވަނީ 139 ވޯޓެއްވެ، މާލޭގައި ބެހެއްޓި ފޮށިން ޖަމްޝީދުއަށް ލިބުނީ 16 ވޯޓެވެ. ޖަމްޝީދުއާ އެންމެ ވާދަކޮށްފައިވަނީ އަހުމަދު އާތިފެވެ. އާތިފްއަށް ކުޅުދުއްފުށީގައި ބެހެއްޓި ފޮއްޓަށް ލިބުނީ 124 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮއްޓަށް ލިބިފައިވަނީ 21 ވޯޓެވެ. އާދަމް ވަހީދަށް ކުޅުދުއްފުށީގައި ބެހެއްޓި ފޮށިން 77 ވޯޓު ލިބުނުއިރު މާލޭގައި ބެހެއްޓި ފޮށިން އޭނާއަށް ލިބިފައިވަނީ އެންމެ 6 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355