twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކުޅުދުއްފުށީގައި ޒުވާނުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ބިމަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފި

Apr 21, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ޒުވާނުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ބިމަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބޭރުގެ ކުންފުންޏެއް ކަމުގައިވާ ފިދާ އިންޓަރނޭޝަނަލްއާ ހަވާލު ކުރެވިގެން ހަދާ ޒުވާނުންގެ މަރުކަޒް އެޅުމަށް ހަމަޖެހިފައިވަނީ ރޯހައުސް އަޅާ ސަރަހައްދުގެ އުތުރުން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޒް ކުންފުނީގެ ޕަންޕު ހައުސް ކައިރީގައި އޮންނަ ބިމުގައެވެ.

19،834.80 އަކަމީޓަރުގެ މިިބިމަކީ ޗަކަ ބިމަކަށް ވާތީ، އެތަނަށް ވެލި އެޅުމުގެ މަސައްކަތް ހަވާލުވެގެން ކުރިޔަށް ގެންދަނީ ކުޅުދުއްފުށީ މަގުހަދާ ޔުނިޓުންނެވެ. އެތަނަށް އަޅަމުންދަނީ އެމްޓީސީސީއިން ކުޅުދުއްފުށީ ނެރުގެ މަސައްކަތް ކުރުމަށް އަޅާފައިވާ ބެޑު ނެގާއިރު ލިބޭ ވެއްޔެވެ.

މަތި އުތުރު ގައުމީ އިދާރާގެ ސްޓޭޓް ސެކެޓްރީ ހަސަން ޒިޔާދު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހިނގާ އެޕްރީލް މަސް ނިމުމުގެ ކުރިން ވެލި އަޅާނިންމާލެވޭނެކަމަށެވެ.

ކުޅުދުއްފުށީގައި އިމާރާތްކުރާ ޒުވާނުންގެ މަރުކަޒަކީ ފިދާ އިންޓަރނޭޝަނަލް އިން ކުޅުދުއްފުށީގައި އެޅުމަށް މިއަހަރުތެރޭގައި ހަމަޖެހިގެންދިޔަ މަޝްރޫއެއްކަމަށް ގައުމީ އިދާރާ އިން މައުލޫމާތު ދެއެވެ. އަދި ފިދާ އިންޓަނޭޝަނަލް އިން ކުޅުދުއްފުއްޓަށް ވަޑައިގެން ކުލަބު ޖަމިއްޔާތަކާއި ބައްދަލުކޮށް މަޝްވަރާކުރުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަޢުލޫމާތު ލިބޭގޮތުން ފިދާ އިންޓަރނޭޝަނަލް އިން ވަނީ ޒުވާނުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355