twitterviber whatsapp telegramfacebookyoutube instagram
28th December 2025

ޒިޔާދުއާ ގުޅިގެން ވައިކަރަދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދުމަށް ނާޒިމު ނިކުމެއްޖެ

Jan 20, 2019

ހދ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުކޮށްފައިވާ ހުސެއިން ޒިޔާދުއާއެކު ގުޅިގެން އެދާއިރާގެ ގޮނޑި އެމްޑީޕީއަށް ނެގުމަށް ތައްޔާރަށް ހުންނެވިކަން އެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ނިންމައިފި އެވެ.

ހުސެއިން ޒިޔާދުއާއެކު ޕްރައިމަރީގައި އެދާއިރާއަށް ވާދަކޮށް ނާޒިމް ވަނީ ނާކާމިޔާބީ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެެވެ. ޒިޔާދުއަށް 476 ވޯޓުން ލިބިލެއްވިއިރު ނާޒިމުއަށް ލިބިލެއްވީ 338 ވޯޓެވެ.

ޒިޔާދުއަށް ތާއިދުކޮށް ނާޒިމް މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވި ކެނޑިޑޭޓް ހުސެއިން ޒިޔާދުއާއެކު ވައިކަރަދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ޖުމްލަ 4 ކެންޑިޑޭޓުން ވާދަކޮށްފައިވެ އެވެ. ވައިކަރަދޫ ދާއިރާގައި ހިމެނެނީ ވައިކަރަދޫ، ކުރިނބީ އަދި ނެއްލައިދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355