twitterviber whatsapp telegramfacebookyoutube instagram
19th February 2026

ޔާސިރާއި ޖަމްޝީދުއާއެކު ހުންނެވިކަމުގެ ޔަގީންކަން އަލީ ދެއްވައިފި

Jan 21, 2019

އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ކުޅުދުއްފުށީ ދެ ދާއިރާ ކާމިޔާބުކޮށްފައިވާ ދެ ކެންޑިޑޭޓުން ރައްޔިތުން މަޖިލީހަށް ހޮވުމަށްޓަކާ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަލީ މުހައްމަދު މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެމްޑީޕީގެ ޓިކެޓް ކާމިޔާބުކުރި ދެ ފަރާތްތަކާއެކު ހުރިކަމަށް ވިދާޅުވަމުން އަލީ ވިދާޅުވީ އެ ދެ ބޭފުޅުން މަޖިލީހަށް ހޮވުމަށްޓަކާ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ޔާސިރު އަބުދުލް ލަތީފް ކަށަވަރުކޮށްފައިވާއިރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފައިވަނީ ޖަމްޝީދު މުހައްމަދެވެ.

ވަކި ކެންޑިޑޭޓެއް ހޮވުމަށް އެހެން ޕާޓީތަކުގެ މެމްބަރުން ފައިސާގެ ނުފޫޒު އެމްޑީޕީގެ ޕްރައިމަރީއަށް ފޯރުކޮށްފައިވާކަމަށް ގިނަ މެމްބަރުތަކެއް ދަނީ ތުހުމަތުކުރަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355