twitterviber whatsapp telegramfacebookyoutube instagram
23rd April 2026

މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހެއްގޮތުގައި ހަމަޖައްސައިފި

Jan 21, 2019

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސްކަމަށްވާ ފެބުރުއަރީ 7 ވަނަ ދުވަސް ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހޫދު ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މަޖިލީހުގެ އިދާރާއިން އިއުލާންކުރައްވާފައިވާ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މިއަދު ނިންމަވާފައިވާކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ފެބްރުއަރީ 7 ގައި ބާއްވާއިރު މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ފެބްރުއަރީ 7 ގައި ދަރުބާރުގޭގައި ބާއްވާ މިޖަލްސާގައި ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވާ ފުރަތަމަ ރިޔާސީ ބަޔާނަށެވެ.

ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަަމަށް ރައީސްއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355