ށ.ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން މި ކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރު ކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގަ އެވެ.
އެލޯންޗު ފުނަދުއަށް އައުމުން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.